04 Nov 2014, 15:03
ފެނަކަ ކޯޕަރޭޝަނުން ލ. އަތޮޅުގެ ބައެއް ރަށްރަށަށް ޖެނެރޭޓަރު ފޮނުވައިފި އެވެ.
'
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު "ސަން" އަށް ވިދާޅުވީ ފެނަކަ އިން ރާއްޖޭގެ އުތުރަށާއި ދެކުނަށް 77 ޖަނަރޭޓަރު ފޮނުވުމަށް ފަށާފައިވާ މަޝްރޫގެ ދަށުން ލ. އަތޮޅުގެ ބައެއް ރަށްރަށަށް ޖަނަރޭޓަރު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ އަތޮޅަށް ފޮނުވާފައި ވަނީ ކިތައް ޖަނަރޭޓަރު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ކޮންމެ ހެން ބޭނުންވާ ރަށްތަކަށާއި ކެޕޭސިޓީ ބޭނުންވާ ރަށްރަށް ޖަނަރޭޓަރު ފޮނުވަމުން މިގެންދަނީ،" ނިމާލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ލ. އަތޮޅުގެ ނުވަ ރަށަކަށް ފެނަކައިން ވަނީ ޖަނަރޭޓަރު ފޮނުވައިފަ އެވެ.

ލ. އަތޮޅު ގަމަށް ފެނަކައިން ފޮނުވި ޖަނަރޭޓަރުތައް ބޭލުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ އަލީ ވާފިރު
އެގޮތުން ލ. މާވަށަށް 250 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި ހިތަދު އަށް 250 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި މާމެންދު އަށް 160 ކިލޯ ވޮޓްގެ ޖަނަރޭޓަކާއި ގާދޫ އަށް 160 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި ފޮނަދު އަށް 600 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި މުކުރިމަގަށް 200 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި މަތިމަރަދު އަށް 500 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި މާބައިދު އަށް 250 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް އަދި ކަލައިދު އަށް 160 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ވަނީ ފޮނުވަައިފަ އެވެ.
އެ އަތޮޅުގެ ރަށްރަށަށް ފޮނުވާފައިވާ ޖަނަރޭޓްތައް ރަށްރަަށަށް ބޭލުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.

ލ. އަތޮޅު ގަމަށް ފެނަކައިން ފޮނުވި ޖަނަރޭޓަރުތައް ބޭލުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ އަލީ ވާފިރު
ސަރުކާރުން ފަށައިފައިވާ "24 ގަޑިއިރު ކަރަންޓް ޔަގީންކޮށް ދިނުމުގެ މަޝްރޫއު"ގެ ދަށުން ފެނަކަ އިން ވަނީ ލ. އަތޮޅުގެ އިތުރުން އުތުރާއި ދެކުނުގެ ބައެއް ރަށްރަށަަށް ވެސް ޖަނަރޭޓަރު ފޮނުވައިފަ އެވެ.