އަފްޣާނިސްތާނާއި ސީރިޔާގެ މީހުން ކަމަށް ޝައްކުކުރެވޭ ބަޔަކު ގޮވައިގެން ދަތުރު ކުރި ބޮޓެއް ތުރުކީ ކައިރިއަށް ބަންޑުންޖަހާލައި 24 މީހުން މިއަދު މަރުވެއްޖެ ކަމަށް ތުރުކީވިލާތުން ބުނެފި އެވެ.

ދައި އައިރިޝް ޓައިމުން މިއަދު ބުނީ އަދި ވަރަށް ގިނަ މީހުން ގެއްލިފައިވާ ކަމަށާއި ހަ މީހަކު ސަލާމްތް ކުރެވިފައިވާ ކަމަށެވެ.

ބޯޓު ބަންޑުން ޖެހި އިރު 40 ވަރަކަށް މީހުން އެ ބޯޓުން ދަތުރު ކުރި ކަމަށް ބެލެވޭ ކަމަށް ތުރުކީގެ ކޯސްްޓްގާޑާ ހަވާލާދީ އެ ނޫހުން ބުންޏެވެ. ނަމަވެސް ބޯޓު ބަންޑުން ޖަހަން ދިމާވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ތުރުކީ ވިލާތުގެ މިލިޓަރީއާ ހަވާލާދީ އެ ނޫހުން ބުނީ އެ ބޯޓުން ދަތުރު ކުރީ ސީރިއާ މީހުންނާއި އަފްޣާނިސްތާނު މީހުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. -- ޒ--