ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ޒޯން ފުޓްބޯޅަ މުބާރާތުގައި ދެކުނު ޒޯން ކަމަށްވާ ޒޯން އަށެއްގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ސްޕޯޓްސް ކްލަބު ހޯދައިފި އެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗުގައި ފުވައްމުލަކު ސްޕޯޓްސް އާއި ބައްދަލު ކޮށް ފޭދޫ ޓީމުން މެޗު ކާމިޔާބުކޮށްފައިވަނީ 1-2 ލަނޑުންނެވެ.

މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް 1-1 އިން އެއްވަރު ވެފައި ވަނިކޮށް އެންމެ ފަހު މިނެޓު ފޭދޫ ޓިމުން ޖެހި ގޯލާއެކު އެ ޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ ޓީމު އިބްރާހިމް މަހުދީ ހަސަނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ ޓީމު އަލީ ނާފިއު (ކަޅޭ) އެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ފުވައްމުލަކު ޓީމު އަޒްމީ ހޮވުން އިރު މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވާފައި ވަނީ ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ އެވެ.

ޒޯން އަށެއްގެ މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރި ވެފައިވެ އެވެ. އެއީ ފޭސޫ ސްޕޯޓްސް ކްލަބާއި ފުވައްމުލަކު ސްޕޯޓްސް އާއި ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ އަދި ކްލަބު ރިވެރިންނެވެ.