03 Nov 2014, 15:29
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މިރާ)ގެ ގޮތްޕެއް އައްޑޫ ސިޓީގައި ގާއިމްކުރުމަށްޓަކައި އެ ސިޓީން ކުއްޔަށް ހިފާނެ އިމާރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ އޮތޯރިޓީން ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެ އޮތޯރިޓީގެ ބްރާންޗެއް އައްޑޫ ސިޓީގައި ގާއިމުކުރުމަށްޓަކައި އޮފީސް އޭރީއާ އަދި ގޯތީގެ ބޮޑުމިން 1800 އާއި 3000 އަކަފޫޓާ ދެމެދުގެ ތަނެއް އައްޑޫ ސިޓީ ހިތަދޫއިން ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ.
އެގޮތުން، ކުއްޔަށް ދޫކުރާ އިމާރާތަކީ އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގެއްގައި އެއް ގައުމު އުޅަނދުތަކަށް ފަސޭހައިންވަދެ ނުކުމެވޭ ފަދަ ސަރަހައްދެއްގައި ހުރި ތަނަކަށް ވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މީރާ އިން ބުނީ، އެފަދަ ތަނެއް ކުއްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 15:00 އަށް މާލޭގައި ހުންނަ މީރާގެ އޮފީސް ނުވަތަ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ހުންނަ މީރާ އައްޑޫ ސިޓީ ބްރާންޗަށް އަންދާސީ ހިސާބު ހުށަހެޅުން އެދޭ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.