26 Jan 2011, 14:23
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިހާރު ކުރިއަށްދާ 6 ވަނަ ދިރާގު ޤައުމީ ބާސްކެޓް ލީގުގައި ރޭ ކުޅެވުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު ހަރިކޭން ކާމިޔާބުކޮށްފި އެވެ.
ފުރަތަމަ މެޗުން މޮޅުވި ދިވެހި ސިފައިންގެ ކްލަބް އަތުން ހަރިކޭން ރޭ މޮޅުވީ 60-64 ޕޮއިންޓުންނެވެ. މިމެޗުގައި ހަރިކޭން ޓީމުން އެންމެ ތަފާތު ކުޅުމެއް ފެނުނީ އެޓީމަށް ކުޅޭ ބިދޭސީ އިސްކޮޅުން ދިގު ކުޅުންތެރިޔާ މައިކަލްގެ ފަރާތުންނެވެ. އޭނާ ވަނީ މެޗުގައި 21 ޕޮއިންޓް ހޯދާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
ރޭގެ މެޗާއެކު މުބާރާތުގައި ކޮންމެ ޓީމެއް ވަނީ ދެމެޗު ކުޅެފައެވެ. ދެމެޗުންވެސް މޮޅުވެ 1 ވަނާގައި ޓީރެކްސް އޮތްއިރު ހަރިކޭނާއި ސިފައިން ކޮންމެ ޓީމެއްވެސް މޮޅުވެފައިވަނީ އެއްމެޗުންނެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ރެޑްލައިނާއި ހަރިކޭނެވެ. މެޗު ފަށާނީ 8:30 ގައެވެ.
4
ޓީމުގެ މެދުގައި 2 ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމަށް ޗެމްޕިއަންކަން ލިބޭއިރު މި 4 ޓީމުވެސް ގައުމީ މުބާރާތަށް ކޮލިފައިވާނެ އެވެ.