01 Nov 2014, 11:02
މިލިޔުމުގައި ކިޔާލަދީފައި ވާނީ ވަކިގޮތަކަށް ފެން ބޮއެގެން އަހަރުމެންގެ ހަށިގަނޑުގެ ދިފާއު ވަރުގަދަވެ އެތައް ބައްޔަކަށް ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ފަރުވާއެއްގެ ވާހަކަ އެވެ. ނަމަކީ "ވޯޓާ ތެރަޕީ"އެވެ.
"ވޯޓާ ތެރަޕީ" އަކީ ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ބާވަތެއްގެ ބޭސް ފަރުވާއެކެވެ. ޖަޕާނުގެ މެޑިކަލް ސޮސައިޓީ އިން ބުނެފައިވާ ގޮތުގައި "ވޯޓާ ތެރަޕީ"އަކީ ބޮލުގައި ރިއްސުމަށާއި ގައިގައި ރިއްސުމަށާއި ބަނޑުހަރުވުމާއި ގޭސްވުމާއި ހޮޑުލުމާއި އަދި އަންހެނުންގެ މައްސަރު ދުވަސްވަރު ޖެހޭ އުނދަގޫތައް ފަދަ ކުދި ކުދި ބަލިތައް ވެސް ފަސޭހަ ކޮށްދޭ ފަރުވާއެކެވެ.
އޭގެ އިތުރުން ކިޑްނީ އަދި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި ނޭވާ ހިއްލާ ބައްޔާށާއި ހިތުގެ މައްސަލަތަކާއި ކަށީގެ ބައްޔެއް ކަަމަށްވާ އާތްރައިޓިސްއަށާއި ލޮލުގެ ބަލިތަކުގެ އިތުރުން ބަރުދަން ލުއިކުރުމަށް ވެސް "ވޯޓާ ތެރަޕީ" ބޭނުންކުރެ އެވެ.
"ވޯޓާ ތެރަޕީ" ހަދާނެ ގޮތް ތިރީގައި އެވަނީ އެެވެ. އެންމެ ފުރަތަމަ ކަމަކަށް ކުރަން ޖެހޭ ކަމަކީ ކޮންމެ ދުވަހަކު ވެސް ހެނދުނު ހޭލުމަށް ފަހު އަނގަވެސް ނުދޮވެ ހަތަރު ނޫނީ ހަ ތަށީގެ ފެން ބުއިމެވެ. މިއިން ކޮންމެ ތައްޓެއްގައި 160 އެމްއެލްގެ ފެން ހުންނަންވާނެ އެވެ. މިތެރަޕީގައި ބޭނުންކުރާ ފެން ރަތުލޯ (ކޮޕާ) އިން ހަދާފައިވާ ތެއްޔެއްގައި ރޭގަނޑު ބެހެއްޓުމަށް ފަހު ހެނދުނު ބުއިމަކީ ވެސް ރަނގަޅުކަމެކެވެ. ރަތުލޯގެ ސަބަބުން ފެނުގައި ހުންނަ ޖަރާސީމުތައް މަރުވެ އެވެ. ފެން ބުއިމަށް ފަހު އަނގަދޮވެ، ދަތް އުނގުޅުމަށް ފަހު 45 މިނެޓު ވަންދެން އިތުރު އެއްވެސް އެއްޗެއް ނުކައި ނުބޮއި ހުންނާނީ އެވެ. ސާޅީސް ފަސް މިނެޓުވުމަށް ފަހު ހަމަ ކުރިއެކޭ އެއްގޮތަށް ކައިބޮއި ހެދިދާނެ އެވެ. ކޮންމެ ފަހަރަކު ވެސް ކައި ނިމޭތާ 15 މިނެޓު ވަންދެން އެއްވެސް އެއްޗެއް ނުބޯން އޮންނަނީ މިތެރަޕީގައި ބުނެފަ އެވެ.
މުސްކުޅިވެ ބަލިހާލު ބޮޑުވެފައިވާ މީހުންނަށް ހަތަރު ތަށި ފެން ބުއިން އުނދަގޫވެދާނެ އެވެ. އެހެންވުމުން ފުރަތަމަ ފަށާއިރު މަދުން ބޮއެފައި މަޑުމަޑުން ގިނަ ކުރަމުން ދިޔުން ވެސް އެއީ ކުރެވިދާނެ ކަމެކެވެ. މިތެރަޕީ އަކީ ގޭގައި ހުރެގެން އެއްވެސް ހަރަދެއް ނެތި ކޮންމެ މީހަކަށް ވެސް ފަސޭހަކަމާ އެކު ކުރިއަށް ގެންދެވޭނެ ތެރަޕީއެކެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް