31 Oct 2014, 20:12
ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގައި މާލޭ ގެސްޓް ހައުސްއެއްގެ ހަތަރު ބުރިން ފުންމާލަން އުޅުނު އަންހެނަކު ސަލާމަތްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަން އަށް މިއަދު ވިދާޅުވީ، އޮލިމްޕަހު ފުރަގަހުގައި ހުރި ގެސްޓް ހައުސްގެ ހަތަރު ވަނަ ބުރިން މިއަދު ހަވީރު 5:00 އެހާކަންހާއިރު އަމިއްލަ އަށް ފުއްމާލައިގެން މަރުވާން އުޅެނިކޮށް ސަލާމަތްކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ޒުވާން ދިވެހި އަންހެނެއް ކަމަށެވެ.

އިމާރާތުން ފުންމާލަން އުޅުނު އަންހެނާ ސަލާމަތް ކުރުމަށް ސިފައިންނާ ފުލުހުން ގުޅިގެން ބިންމަތީގައި ސަތަރިން ހަދާފައިވާ އެއްޗަކަށް ވައި އަޅާފައި-- ފޮޓޯ/ ފާތުމަތު ޝަފީގު
ފުލުހުންގެ އޮފިޝަލު ވިދާޅުވީ، ފުންމާލަން އުޅުނު އަންހެންމީހާ ސަލާމަތްކުރުމަށް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވި ކަމަށެވެ. އަދި އޭނާ ސަލާމަތްކޮށްފައި ވަނީ ލޯބިވެރިޔާއާ ވާހަކަ ދައްކައިގެން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.