19:00


އިންޖީނު ނުނިއްވައި، އަމީނީމަގުގައި ޕާކްކޮށްފައި އޮތް ޓެކްސީއެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަދައިފި އެވެ.


އަމީނީމަގުގައި ހުންނަ ހަޒާޝް މާޓް ކުރިމަތީގައި މިއަދު ހަވީރު 4:45 އެހާކަންހާއިރު މިހާދިސާ ހިނގީ އެ ޓެކްސީ މަގުމަތީގައި ޕާކްކުރުމަށްފަހު އޭގެ ޑްރައިވަރު ފިހާރައަށް ވަތް ވަގުތެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ހާދިސާ ހިނގިއިރު ޓެކްސީގެ ތެރޭގައި ވެސް އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން ބުނެ އެވެ.


ސަންއެފްއެމްގެ ބްރޭކިންގ ނިއުސްއަށް މައުލޫމާތުދެމުން ޓެކްސީ ޑްރައިވަރު ބުނީ އެ ޓެކްސީ ދުއްވަން އޭނާ ހަވާލުވީ މިއަދު ކަމަށާއި މީގެ ކުރިން އެ ޓެކްސީގައި މައްސަލައެއް ދިމާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި މިއަދު ޓެކްސީ ދުއްވުމަށްފަހު، ފިހާރައިން އެއްޗެއް ގަނެގެން ނުކުތްއިރު، ކާރުގެ ކުރީކޮޅުން، ދުން އަރާ ކަމަށާއި އެގޭ ކުޑަ އިރުކޮޅެއް ފަހުން މުޅި ޓެކްސީގައި ރޯވީ ކަމަށް ޑްރައިވަރު ކިޔައިދިނެވެ.