26 Jan 2011, 09:20
އަށް ވަނަ ޔުނިވަސިޓީ އެޑިޔުކޭޝަން ފެއާ އަންނަ ފެބުރުއަރީ މަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ގްލޯނެޓުން ރޭ ދަރުބާރުގޭގައި ނޫސްވެރިންނާ ބައްދަލު ކަރަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަސީމް އަހުމަދު ވިދާޅުވީ އަންނަ ފެބުރުއަރީ މަހުގެ 11 އަދި 12 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އަށް ވަނަ އެޑިއުކޭޝަން ފެއާގައި މެލޭޝިއާ، އިންޑިއާ، ސްރީލަންކާ އަދި ރަޝިޔާ އިން 12 ޔުނިވާސިޓީއެއް ބައިވެރިވާނެ ކަމަށެވެ.
ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމާއި ކޯހަށް ހިނގާ ހަރަދުގެ މައުލޫމާތު ދިނުމާއި ވިސާ ހޯދުމާއި އެޕްލިކޭޝަން ޕްރޮސީޖާ ކިޔައި ދިނުމާއި ފެއާގައި ބައިވެރިވާ ޔުނިވާސިޓީތަކުގައި 2011 ވަނަ އަހަރުގެ ސްކޮލަޝިޕް މައުލޫމާތު ދިނުމާއި ކެރިއާ ގައިޑެންސް ދިނުން ހިމެނޭ ކަމުގައި ގްލޯނެޓުން ބުނެ އެވެ.
މީގެ އިތުރުން ފެބުރުއަރީ 13 ވަނަ ދުވަހު އައްޑު އަތޮޅު ހިތަދޫގައި ވެސް އެ ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ގްލޯނެޓުން ބުންޏެވެ.
މިދިޔަ އަހަރު ބޭއްވި ޔުނިވަސިޓީ ފެއާގައި 1284 މީހުން ބައިވެރިވެފައިވެ އެވެ. އަދި އެފެއާގައި 29 ކުދިން ރަޖިސްޓްރީކޮށް ޖާގަ ހޯދާފައިވާ ކަމަށް ގްލޯނެޓުން ބުނެ އެވެ.