30 Oct 2014, 17:02
ތ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ގުރައިދޫ އެންޑޫވްމެންޓް މޫވްމެންޓާ ވާދަކޮށް 1-4 ލަނޑުން ފައުންޑޭޝަން އޮފް ތިމަރަފުށި ޔޫތު މޮޅުވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ގޯލު ތިމަރަފުށީ ޓީމުން ޖަހާފައިވަނީ 10 ވަނަ މިނިޓްގައި އަޒުހާދު އަލީ މަނިކް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ގުރައިދޫ ޓީމުގެ މުހައްމަދު އަރީފު ވަނީ ތިމަރަފުށީ ކޮޅަށް ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ.
ތިމަރަފުށީ ޓީމުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 66 ވަނަ މިނިޓްގައެވެ. އެޓީމަށް ދެވަނަ ލަނޑު ޖަހައި ދިނީ އިސްމާއިލް ޝިޔާދު އެވެ. އަދި އޭގެ އަށް މިނިޓު ފަހުން އަދުނާނު އާސިހް ވަނީ ތިމަފުށީ ޓީމަށް ތިންވަނަ ލަނޑު ޖަހައި 3-1 އަށް ލީޑު ފުޅާކޮށްފަ އެވެ.
ތިމަރަފުށީ ޓީމުން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 82 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިބުރާހިމް އަސްވަދެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތިމަރަފުށީ ޓީމުގެ އަދުނާނު އާސިހް އެވެ.