29 Oct 2014, 15:44
ސްރީލަންކާގެ ބޮޑު ސިޓީއެއް ކަމަށްވާ ބަޑުއްލާ ޑިސްޓްރިކްޓްގައި ބިންގަނޑު ކަނޑައިގެންގޮސް 10 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ބީބީސީ އިން މިއަދު ބުނީ ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ބަޑުއްލާ ޑިސްޓްރިކްޓްގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވަނީ އެއަވަށުގެ އާބާދީ ބޮޑު ހިސާބެއްގެ ކަމަށެވެ. އަދި އެ ހާދިސާގައި 140 ގެއަކަށް ގެއްލުން ލިބިފައިވާ ކަަމަށާއި ސްރީލަންކާގެ ސަލާމަތީ ކަންކަން ބަލާ ފަރާތްތަކުން އަންނަނީ ގެއްލުންވި ސަރަހައްދުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ކަަމަށެވެ.
"ރެސްކިއު އޮޕަރޭޝަނުން މިހާރު މަރުވެފައި ތިބި 10 މީހުން ހޯދައިފި. އެކަމަކު އަދިވެސް 250 އެއްހާ މީހުންނަށް ވީނުވީ އެއް ނޭނގެ. 140 ގެ އޮތީ އެއްކޮށް ބިމު އަޑީގައި." ސްރީލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ސްޕޯކްސްޕާސަން ޕްރަދީޕް ކޮޑިއްޕިލް ބީބީސީ އަށް ބުންޏެވެ.
ޑިޒާސްޓާ މެނޭޖްމަންޓްގެ މިނިސްޓަރުު މަހިންދާ އަމަރަވީރާ ސްރީލަންކާގެ ނޫހަކަށް މައުލޫމާތުދެމުން ވިދާޅުވެފައި ވަނީ ބަޑުއްލާ ޑިސްޓްރިކްޓްގެ ބިންގަނޑު ކަނޑައިގެން ދިއުމުން 10 ފިހާރަ އަކަށާއި ސަރުކާރުގެ ތިން އިމާރާތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. އޭއެފްޕީ ނޫސް އޭޖެންސީއާ ހަވާލާދީ ބީބީސީން ބުނީ ސްރީލަންކާގެ އެސަރަހައްދުގައި ހުރި ހައިވޭތަކަކަށް ވެސް އެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.