"ކުށްވެރިން ބަދަލުކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ބިލު ‏ހުށަހަޅާފައިއެވަނީ، ބޭރު ގައުމުތަކުގައި ކުށްކޮށް، ހުކުމް ‏‏ތަންފީޒުކުރަމުންދާ ދިވެހި ކުށްވެރިން، ‏‏ދިވެހި މުޖުތަމައަށް އެނބުރިއައުމަށް މަގުފަހިކޮށްދިނުމުގެ ‏‏ގޮތުން، އެމީހުންގެ ހުކުމް ‏‏ދިވެހިރާއްޖޭގައި ތަންފީޒުކޮށް ނިންމުމަށްޓަކައި ދިވެހިރާއްޖެއަށް އެމީހުން ‏‏އަނބުރާ ގެނެވޭނެ ‏‏މަގު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ދިވެހިރާއްޖޭގައި ކުށްކޮށް، ހުކުމް ‏‏ތަންފީޒުކުރަމުންދާ ބޭރު ‏‏ގައުމުތަކުގެ ކުށްވެރިން، އެމީހުންގެ މުޖުތަމައަށް އެނބުރިދިޔުމަށް ‏‏މަގުފަހިކޮށްދިނުމުގެ ގޮތުން، ‏‏އެމީހުންގެ އަމިއްލަ ގައުމުގައި ހުކުމް ތަންފީޒުކޮށް ނިންމުމަށްޓަކައި ‏‏އެމީހުންގެ ގައުމަށް ‏‏އެމީހުން އަނބުރާ ފޮނުވޭނެ މަގު ތަނަވަސްކޮށްދިނުމަކީވެސް އެ ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.