29 Oct 2014, 11:01
މަޖީދީމަގުގައި ހުރި ފެންފޯއް ރުއްތައް ކަނޑާލުމުގައި ފުލުހުންގެ ބައިވެރިވުމެއް ވޭތޯ ބަލައިދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި އެދިވަޑައިގަތުމުން އެކަމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު ދަންނަވައިފި އެވެ.
ނަޝީދު ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މާލޭގައި މޫނު ނިވާކޮށްގެން ހިންގަމުން ގެންދާ ޖަރީމާތަކުގައި ފުލުހުންގެ ބައިވެރިވުމެއް ވޭތޯ ބަލައިދެއްވުމަށް އުމަރު ނަޝީރު އެދިވަޑައިގެންފައިވާތީ އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
Male' gai moonu nivakoh hathiyaraieku hinga jarymaga fuluhunge baiverivun beluma PICga edhivadaigatheethi@UmarNaseerPPMah shukuru dhanavan
— Mohamed Nasheed (@MohamedNasheed)October 28, 2014
އުމަރު ނަސީރު އިއްޔެ ވިދާޅުވެފައި ވަނީ ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުން ކަމަށް ނަޝީދު ތުހުމަތު ކުރައްވާތީ، އެކަމުގައި ފުލުހުންގެ ބައިވެރިވުމެއް އޮތްތޯ ބަލައިދިނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެއްވެސް ފުލުހަކު ގަވާއިދާ ޚިލާފަށް ކުރާކަމެއް މި ސަރުކާރުން ސިއްރު ނުކުރާނެ ކަމަށެވެ.
"އަޅުގަނޑު ވާނީ ދަންނަވާފައި ފުލުހުންގެ އިސްވެރިންނަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް. މި ސަރުކާރުން ފުލުހުންނާއި ސިފައިންނަކަށް ނާންގާނެ ގާނޫނާ ޚިލާފު ކަންތައްތައް ކުރުމަކަށް،" ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވެއެވެ.