ފިހާރައަކުން ވައްކަން ކުރި މީހަކު ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ގއ. ދެއްވަދޫ އަސްވާޑު، ހަސަން ޖުނައިދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު 4:25 އެހައިކަންހާއިރު ފިހާރައަކުން ވައްކަންކުރިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، މާލޭ، ކިނބިގަސްމަހުގައި ހުންނަ "ކޫލް ސްޓޯރ" ފިހާރައިގެ ކޭޝް ކައުންޓަރުން 640 ރުފިޔާ ވަގަށްނަގާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މިއީ އޭނާގެ މައްޗަށް ވައްކަންކުރުމުގެ ކުށެއް ސާބިތުވި ދެވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.