03 Apr 2010, 15:32
19:00
ދިވެހިރާއްޖެއާއި ސަލާލާގެ ދެކުނު ކަނޑުގެ ސަރަހައްދުތަކަކީ ސޮމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ ބޮޑު ހިސާބުތަކެއް ކަމަށް އިންޑިއާގެ ސަރުކާރުން ނިންމައިފި އެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ ބައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑުވެފައިވާއިރު، މީގެ ހަފްތާއެއް ކުރިން ސޯމާލިއާގެ ކަނޑުފޭރޭ މީހުން ވަނީ އިންޑިއާގެ އަށެއްކަ އާގު ބޯޓާއި، އެ ބޯޓުގައި ތިބި 74 ފަޅުވެރިން ހިފަހައްޓައިފަ އެވެ. މި ހާދިސާއާ ގުޅިގެން އިންޑިއާގެ މިނިސްޓްރީ އޮފް ޝިޕިންގް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ އާއި އޮމާންގެ ރަށެއް ކަމަށްވާ ސަލާލާ ގުޅޭ ރޮނގުން ފެށިގެން ދެކުނާއި ހުޅަނގު ދެކުނު ކަނޑުގެ ސަރަހައްދުތަކަކީ ކަނޑުފޭރޭ މީހުންގެ ނުރައްކާ ބޮޑު ސަރަހައްދުތަކެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި ދަތުރުފަތުރު ނުކުރުމަށްވެސް އެ ބަޔާނުގައި ވަނީ ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރަށް އަންގައިފަ އެވެ.