ބަނގުރާ ބުއި މީހެއްގެ ގައިގައި 40 އެތިފަހަރުން ހައްދުޖެހުމާއެކު އެއް އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސ. ހިތަދޫ ރޯޝަނީގޭ މުހައްމަދު ޝަމްއޫން ހަސަންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ މެއި މާޗު މަހުގެ ދެވަނަ ދުވަހުގެރޭގެ ވަގުތެއްގައި އޭނާ ބަނގުރާ ބުއިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމްގައި ވަނީ ބަނގުރާ ބުއިކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާ އިއުތިރާފުވެފައިވާތީ ދައުލަތުން ކުރި ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގެ 6 ގެ 81 ވަނަ މާއްދާގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.