ބޯހިމެނުމުގައި ބައިވެރިވި ފަރާތްތަކަށް އެލަވަންސް ނުދޭ ކަމަށް ބުނެ ޝަކުވާ ކުރަން ފަށައިފި އެވެ.

އަށް އަހަރަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 އިން 30 އަށް ކުރިއަށް ގެންދިޔަ ބޯހިމެނުމުގައި 3،500 އެނިމޭޓަރުން ބައިވެރިވެފައިވާއިރު، އެއިން ކޮންމެ އެނިމޭޓަރަކަށް އެލަވަންސްގެ ގޮތުގައި 4000ރ. ދޭން ޖެހެ އެވެ. އަދި އިތުރު ތިން ދުވަހު މަސައްކަތް ކުރި ފަރާތްތަކަށް ވެސް އިތުރު އެލަވަންސެއް ދޭން ޖެހޭނެ ކަމަށް ބޯހިމެނުގައި ބައިވެރިވި ފަރާތަކުން 'ސަން'އަށް މައުލޫމާތު ދެމުން ބުންޏެވެ.

ސްކޫލް ނިންމި ގޮތަށް ބޯހިމެނުމުގައި ބައިވެރިވި ޒުވާން ކުއްޖަކު ބުނީ، މިފަހަރުގެ ބޯހިމެނުމުގައި ސްކޫލް ނިންމުމަށްފަހު އަދި ވަޒީފާއަކަށް ނުދާ ގިނަ އަދަދެއްގެ ކުދިން ބައިވެރިވި ކަމަށެވެ. ނަމަވެސް ބޯހިމެނުމުގެ މަސައްކަތަށްފަހު ލިބެންޖެހޭ އެލަވަންސް ނުލިބި ލަސްވާތީ ވަރަށް ދަތިވާ ކަމަށް އޭނާ ބުންޏެވެ.

ސަންއާ ވާހަކަ ދެއްކި ކުއްޖާ ބުނީ، ބޯހިމެނުމުގައި ބައިވެރިވި ފަރާތްތަކަށް އެލަވަންސް ލިބޭނީ ކޮން ދުވަހަކުން ކަމެއް އަދި ވެސް ނޭންގޭ ކަމަށެވެ.

އެކަމާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.