28 Oct 2014, 10:35
ކުޑަދޮރު ނެތް ކަމުގައި ވިޔަސް ބޭރުގައިވަމުންދާ ކަންތައް ފެންނާނެ ކަހަލަ މަތިންތާ ބޯޓެއް ޓެސްޓު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބްރިޓިޝްގެ ޑިވެލޮޕަރުން ބުނެފި އެވެ.
އުޅަނދުގައި ތިބޭއިރު ބޭރުން ވަމުންދާ ކަންތައްތައް ބެލުމަށް ހުންނަ ކުޑަދޮރުތައް އުނިކޮށް އޭގައި ހުންނާނީ ވަށައިން ބޮޑު ސްކްރީނެއް ހަރު ކޮށްފައި ކަމަށް ޑިވެލޮޕަރުން ބުނެއެވެ.
މި އުޅަނދުގައި ދަތުރު ކުރާ ފަރާތްތަކަށް ފެންނަ ތަންތަނުގެ މައުލޫމާތު ސްކްރީނަށް ފިތާލުމުން ލިބުމުގެ އިތުރުން އިންޓަނެޓް ބޭނުން ކުރެވޭނެ ކަމަށްވެސް ޑިވެލޮޕަރުން ބުނެ އެވެ.
ސެންޓަރ ފޯ ޕްރޮސެސް އިނޮވޭޝަން (ސީޕީއައި) އިން މި އުޅަނދަށް ނަންދީފައި ވަނީ ކުޑަދޮރު ނެތް ކެބިން އެއް ގެ ނަމުންނެވެ.
އެމީހުން ބުނާގޮތުގައި އުޅަނދަށް ބޭނުންވާ ސްކްރީންގެ އުފެއްދުމުގެ މަސައްކަތް މިހާރުވަނީ ވަނީ ފަށައިފައެވެ.
"އަހަރެމެން މަސައްކަތް މިކުރަނީ ހައި ޑެފިނިޝަން (ޢެޗްޑީ) ބަނޑި ކުރެވޭ ކަހަލަ ޑިސްޕްލޭތަކެއް އެ އުޅަނދުގައި ހަރު ކުރުމަށް. ދުވަސް ކޮޅަކުން ނުފެންނާނެ ކުޑަދޮރު ހުންނަ ފްލައިޓު ތަކެއް،" ސީޕީއައި އިން ބުންޏެވެ.
އޯގެނިކް ލައިޓް އެމިޓިން ޑަޔޯޑް (އޯލެޑް) ޓެކްނޮލޮޖީ މި ތުނި، ލުއި އަދި ބަނޑި ކުރެވޭ ސްކްރީން ފްލައިޓުގައި ބެހެއްޓުމުން އުޅަނދު ލުއި ކޮށްދޭނެއެވެ.
"ކުޑަދޮރުގެ ބަދަލުގައި ސްކްރީނެއް ހަރު ކުރުމުން އުޅަނދު ލުއިވާނެ. ނަތީޖާއަކަށް ވަނީ ގޭސް އިސްރާފު ވާ ވަރު މަދުވުން. އަދިވެސް މި އޯލެޑް ޓެކްނޮލޮޖީގެ މަސައްކަތް ދަނީ ކުރިއަށް،" ސީޕީއައި އިން ބުންޏެވެ.