28 Oct 2014, 10:21
އިންޑިއާގެ އިރު ދެކުނުގައިވާ އެކަހެރި ހިސާބެއްގައި އޮންނަ ފާލަމެއްގެ މަތިން ދަތުކުރި ބަހެއް، ފުރޮޅާލައިގެން ވެއްޓި އެއިން ދަތުރުކުރި ނުވަ މީހުން މަރުވެ 28 މީހުން ޒަހަމްވެއްޖެ އެވެ.
އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ ބަސް ވެއްޓުނީ ފާލަމުގައި ޖަހާފައިވާ ޗެންޗޭނުގައި ޖެހި ޗެންޗޭނު ހަލާކުވެގެން ކަމަށެވެ. އަދި ބުނީ އެ ހާދިސާގައި ޒަހަމްވީ މީހުންގެ ހާލަތު ވަރަށް ސީރިއަސް ކަމަށާއި އެ އެންމެން ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
އައްސާމް ސްޓޭޓްގެ ކަލައިބޯރު ނަމަކަށް ކިޔާ ރަށުގެ ކައިރީގައި ރޭ މެންދަމުން އަލިވެ، 2.00 އެހާކަންހާއިރު ހިނގި އެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ހޯދުމަށް އިންޑިއާގެ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ވެއްޓުނު ބަހަކީ 40 މީހުންގެ ޖާގަ އޮންނަ ބަހަކަށް ވިޔަސް ހާދިސާ ހިނގި އިރު އެ ބަހުގައި ދަތުކުރަމުން ދިޔައީ 35 މީހުންނެވެ.