މިހާރު ކުރިއަށްދާ 22 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ދެވަނަ ބުރުގެ ހަތަރުވަނަ މެޗުގައި ރެޑްލައިން ސިޓީއާ ވާދަކޮށް 77 ޕޮއިންޓުގެ ތަފާތުން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގައި ރޭގައި ކުޅުން މެޗުން އާރުއެލް ސިޓީ އަތުން ޑީއެސްސީ މޮޅުވެފައި ވަނީ، 23-100 ޕޮއިންޓުންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެސްސީގެ މުހައްމަދު ޝައްމާން އެވެ.

ފުރަތަމަ ބުރު ނިމުން އިރު މުބާރާތުން އަލްވަދާއު ކިޔާފައިވާ ތިން ޓީމަކީ ގްރޫޕް 'އޭ'ގެ ސައިކްލޯން ބީސީ އާއި ގްރޫޕް 'ބީ' ޕީކޭ ކްލަބާއި ވީ ޔުނައިޓެޑެވެ.