ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ އިއްޔެ ކުޅުނު މެޗުގައި ގުރައިދޫ އެންޑޫވްމެންޓް މޫވްމެންޓް އާ ބައްދަލު ކޮށް 3-0 ލަނޑުން ވަންދޫ ވިޓްސް ޖަމިއްޔާ މޮޅުވެއްޖެ އެވެ.

އިއްޔެ ކުޅުނު މެޗުގައި ވަންދޫ އިން ތިން ލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ނަމަވެސް ދެވަނަ ހާފުގައި ގުރައިދޫ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އިދިކޮޅު ޓީމަށް ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ވޭމަންޑޫ ޒުވާނުންގެ ގުޅުމާއި ފައުންޑޭޝަން އޮފް ތިމަރަފުށި ޔޫތު އެވެ.

ތ. އަތޮޅު ވޭމަންޑޫގައި އިއްޔެ ފެށި މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ބައިވެރި ވެފައިވެ އެވެ. އެއީ ވޭމަންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި ކަނޑޫދޫ ސްޕޯޓްސް ކްލަބާއި ގުރައިދޫ އެންޑޫވްމެންޓް މޫވްމެންޓާއި ވަންދޫ ވިޓްސް ޖަމިއްޔާގެ އިތުރުން ފައުންޑޭޝަން އޮފް ތިމަރަފުށި ޔޫތު އެވެ.