ސައްހަ ނޫން ޕޮލިސް ރިޕޯޓު ހަދަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ، ސައްހަ ނޫން ޕޮލިސް ރިޕޯޓު ތައްޔާރުކޮށް އެކިއެކި ބޭނުންތަކަށް ބޭނުން ކުރަމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

ބައެއް ފަރާތްތަކުން ވަޒީފާ ހޯދުމުގެ ބޭނުމުގައި ނުވަތަ ކޯސްތަކުން ފުރުސަތު ހޯދުމުގެ ބޭނުމުގައި ސައްހަ ނޫން ޕޮލިސް ރިޕޯޓް ތައްޔާރުކޮށް އެކި ތަންތަނަށް ހުށަހަޅަމުން ދާކަމުގެ ޝަކުވާ ފުލުހުންނަށް ލިބި އެފަދަ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެގޮތުން ސައްހަ ނޫން ޕޮލިސް ރިޕޯޓް ތައްޔާރުކޮށް އޭގެ ބޭނުން ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހުގެރޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް ޖަހައިދީފައިވާއިރު، ހައްޔަރުކޮށްފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ފަރާތެއް ކަމަށް ފުލުހުން