27 Oct 2014, 09:03
ބްރެޒިލިޔާ (އޮކްޓޯބަރ 27): ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އެގައުމުގެ ރައީސާ ދިލްމާ ރޮޒޭވް ކާމިޔާބު ކުރައްވައިފި އެވެ.
ބްރެޒިލްގައި އިއްޔެ ވޯޓުލުމަށްފަހު ވޯޓުގެ ބޮޑުބައެއް މިހާރު ގުނާފައިވާއިރު 51 އިންސައްތަ ވޯޓުލިބިގެން ރޮޒޭވް އިންތިޚާބު ކާމިޔާބުކުރެއްވިކަން ވަގުތީ ނަތީޖާއިން މިހާރުވަނީ ކަށަވަރުވެފަ އެވެ. މި ބުރުގައި ވާދަކުރެއްވީ ރައީސާ ދިލްމާ ރޮސޭފް އާއި ވިޔަފާރި ވެރިއެއްކަމަށްވާ އިސިޔޯ ނިވީޒް އެވެ.
މިއީ އުމުރުފުޅުން 66 އަހަރުގެ ދިލްމާ ރޮސޭފްގެ ރިޔާސީ ދެވަނަ ދައުރެވެ. ރޮސޭފް، އެކަމަނާގެ ވާދަވެރިޔާ އުމުރުން 54 އަހަރުގެ އިސިޔޯ ނިވީޒްގެ މައްޗަށް ވަރަށް ކުޑަތަފާތަކުން ކުރިހޯއްދަވާނެކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވެސް ހާމަވެފައިވެ އެވެ.
ވާތުފިޔައިގެ ސިޔާސީ ލީޑަރެއް ކަމަށްވާ ރޮސޭފަށް ބޮޑަށް ތާއީދުކުރަނީ ފަގީރުންނާއި މެދުފަންތީގެ މީހުންނެވެ. ކަނާތު ފިޔައިގެ ލީޑަރެއްގެ ގޮތުގައި ސިފަކުރެވޭ އިސިޔޯ ނިވީޒަށް ބޮޑަށް ތާއީދު ކުރަނީ މުއްސަނދިންނާއި ވިޔަފާރިވެރިން ކަމަށް ޚަބަރުތައް ބުނެ އެވެ. (ރޮއިޓާސް)