26 Oct 2014, 15:00
މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މަރުވާނާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ދެ ފުޅިއާ އެކެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުގައި ހައްޔަރުކޮށްފައި ވަނީ 45 އަހަރުގެ ފިރިހެނަކާއި 24 ފިރިހެނެއް ކަމަށެވެ. އަދި އެ ދެ މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ "މަރުވާނާ" ކަމަށް ބެލެވޭ އެއްޗެއް އާޅާފައި ހުރި އެ ދެ ފުޅި ފެނިފައި ވަނީ 45 އަހަރުގެ މީހާ ތިލަފުށީގައި ދިރި އުޅޭ ރައިކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ސައިޓް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި 24 އަހަރުގެ މީހާ ވެސް ހައްޔަރުކޮށްފައި ވަނީ ތިލަފުށިން ކަމަށެވެ.
ފުލުހުން ބުނީ 45 އަހަރުގެ މީހާ ހައްޔަރުކުރީ ރޭ 20:25 އެހާކަންހާ އިރު ތިލަފުށީ ފެރީއަކުން މާލެ ފޭބި ވަގުތު ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސް ކުރި އިރު އޭނާގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ކަރުދާސް ގަނޑެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.