26 Oct 2014, 12:13
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ޔޫރަޕިއަން ޔޫނިއަނަށާއި ބެލްޖިއަމްއަށް ދިވެހި ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ގަލޮޅު ސަމަންތާ އަޙްމަދު ޝިޢާން، ޗައިނާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ގަލޮޅު ދެކެނަންފަރުގޭ މުޙައްމަދު ފައިޞަލް، އަދި ކުވައިތަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، މާފަންނު ކްރެސްޓްވުޑް ޢަބްދުﷲ ޙަމީދު މިއަދު ޢައްޔަން ކުރައްވައިފި އެވެ.
އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ އެ ކަމަށް ޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.