26 Oct 2014, 00:56
މާލޭގައި މިރޭ ހިންގި މަރާމާރީއެއްގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މާރާމާރީ ހިންގާފައި ވަނީ ބޮޑުތަކުރުފާނު މަގު، ފުލުހުންގެ ޓޯޔާޑު ކައިރީގައި ކަމަށެވެ. މިރޭ 12:40 އެހާކަންހާއިރު އެ މާރާމާރީގައި ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މާރާމާރީ ހިންގި ސަރަހައްދު ބަންދުކޮށް، ފުލުހުންގެ ތަހުގީގީ ޓީމެއް އެތަނުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މާރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އަހުމަދު ސިމާއު
މާރާމާރީގައި ޒަހްމްވި މީހާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި އެ މާރާމާރީ ހިނގަން މެދުވެރިވީ ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.