25 Jan 2011, 11:54
ވެލާނޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެލާނާގޭ ގަރާޖުގައި ސައިކަލު ޕާކު ކުރުމުގެ ފުރުސަތު ހުޅުވާލައި ސައިކަލަކަށް މަހަކު 100ރ.ގެ ފީއެއްއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން ސައިކަލު ޕާކުރަން ބޭނުންވާ ފަރާތްތަކަށް ސައިކަލު ޕާކުކުރާނޭ ޖާގަ ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު ވަނީ ސައިކަލު ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް ޕާކުރުމަށް އެދޭ ފޯމު ދޫކުރަން ފަށާފައި ކަމަށް ވެސް އެ އިއުލާންގައިވެ އެވެ.
އެ ފޯމުގައި ބުނެފައި ވަނީ ޕާކު ކުރުމުމަށް ޖާގަ ދޫކުރާނީ ހަ މަސް ދުވަހުގެ ފައިސާ އެޑްވާންސްކޮށް އެ މިނިސްޓްރީ އަށް ދެއްކުމުން ކަމަށެވެ.
ސައިކަލު ޕާކު ކުރުމަށް ގަރާޖަށް ވަދެވޭނީ އެ މިނިސްޓްރީން ދޫކޮށްފައިވާ ހާއްސަ ކާޑެއް ގަރާޖުގެ ސެކިއުރިޓީ އަށް ދެއްކުމުން ކަމަށާއި ކޮންމެ މީހަކަށް ވެސް ފާކު ކުރަން ހާއްސަ ސަރަހައްދެއް ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.