ދޫނީގެ ލޮލުން ފެންނަ މިންވަރަށް އެހެން އެއްވެސް އެއްޗަކަށް ނުފެނު ނަމަވެސް މިހާތަނަށް ޕެރިސް އެންމެ ރަނގަޅަށް ބަލާލެވިފައި ވަނީ އެފިލް ޓަވަރުގެ ތައްޓުން 206 މީޓަރު މަތިންނެވެ.

އެހެން ނަމަވެސް މިއަދު އިންސާނުން މިވަނީ ބާޒެއްގެ ނަޒަރުން ޕެރިހުގެ މިހިތްގައިމު މަންޒަރު ފެންނަ ގޮތް ވެސް ވީޑިއޯކޮށްފަ އެވެ.

ހުދުކުލައިގެ ނިގުލެއް ލާފައިވާ މި ބާޒުގެ ފަހަތުގައި ކެމެރާއެއް ހަރުކުރުމަށް ފަހު ދޫކޮށްލާފައި ވަނީ އެފިލް ޓަވަރުގެ މަތިން އެ ސޮރުގެ ވެރިފަރާތެވެ. ގަޑިއަކު 111 މޭލަށް އުދުހޭ މި ބާޒު ޕެރިހުގެ ވަރަށް ގިނަ ހިސާބުތަކަށް މި ވީޑިއޯ ނެގި އިރު ދަތުރުކޮށްފައިވެ އެވެ.


މި ބާޒު ގެންގުޅޭ ފަރާތްކަމުގައިވާ ޖެކުއޭސް އޮލިވިއާ ޓްރެވާސް އަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ އެއްކަމުގައިވާ "ފްރީޑަމް"ގެ އިސް ފަރާތެވެ. އަދި މި ޖަމްޢިއްޔާ އިން ވިސްނަވަނީ މި ވީޑިއޯ ކުރުމަށް ފަހު މި ބާޒު ދޫކޮށްލުމަށެވެ.

މިވަތްތަރުގެ ބާޒަކީ މީގެ 50 އަަހަރު ކުރިން ފްރާންސުން ނެތިގެން ގޮސްފައިވާ ޖަނަވާރެކެވެ. ވުމާ އެކު އެމީހުން ކުރަމުންގެންދާ ކެމްޕެއިނަށް ސަމާލުކަން ހޯދުމުގެ ގޮތުން ފުރަތަމަ ފަހަރަށް މިބާޒު ދޫކޮށްލައިފައި ވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގަ އެވެ.

އެގޮތުން މި ބާޒު ކުރި މިދަތުރުގައި ތަފާތު އެތައް ހިސާބުތަކަށް ދިޔަ މަންޒަރުތައް މިވަނީ ވީޑިއޯކޮށްފަ އެވެ. މިވީޑިއޯ ކުރުމަށް ބޭނުންކޮށްފައި ވަނީ އެޗްޑީއާރ-އޭޒެޑްވަންގެ އެކްޝަން ކެމެރާއެކެވެ.