22 Oct 2014, 20:38
މަރުޖުއާނާ ގަހެއް ކަމަށް ބެލެވޭ ގަހެއް އައްޑޫ ސިޓީން ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ މަރުޖުއާނާ ގަހެއްކަމަށް ބެލެވޭ އެ ގަސް ހޯދާފައި ވަނީ ފޭދޫ ގެއެއްގެ ގޯތިތެރެއިން ކަމަށެވެ. އަދި އެގަހަކީ ހަ ފޫޓޫގެ ދުގު ގަހެއް ކަމަށާއި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މީގެކުރިން މާލެއާއި ހުޅުމާލެއިން ވެސް މަރުޖުއާނާ ގަސްތަކެއް ފުލުހުން ހޯދާފައިވެ އެވެ.