މާފުށީ ޖަލުން ފިލައިގެން އުޅޭ ނުރައްކާތެރި ކުށްވެރިޔާ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަހުމް ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ސްވޮޓް ޓީމާއި އިންޓެލިޖެންސާއި ޓްރެފިކް ޕޮލިހުންނާ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ފުލުހުންނާއި އޮފިސަރުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މާވެޔޮމަގުގައި ހުންނަ ގެސްޓުހައުސްއަކުން ކަމަށާއި އެ އޮޕަރޭޝަނަކީ ހަމައެކަނި ފުލުހުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މަންޒަރު ދުށް މީހުންނާއި އެހިސާބުގަނޑުގެ ބައެއް ގެތަކުގައި ދިރިއުޅޭ މީހުން ސަންއަށް ކިޔައިދިން ގޮތުގައި، ޝަހުމް ހައްޔަރުކުރީ މާސްކް އަޅައިގެން ތިބި ގިނަ އަދަދެއްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ. އަދި އެވަގުތު އެހިސާބުން ދެފަހަރަކު ބަޑީގެއަޑާ އެއްފަދަ އަޑެއް އިވުނުކަމަށް ވެސް ބައެއް މީހުން ކިޔައިދިނެވެ.