ރ. ދުވާފަރު ކައުންސިލާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ހިންގި ގާރީ ކޯސް ލެވެލް އެކެއް ނިންމާލައިފި އެވެ.

މި ކޯހުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި އެރަށު 14 އަހަރުން މަތީގެ 94 މީހަކު ބައިވެރިވި އެވެ. އަދި އެ ކޯހަށް ހޮވިފައި ވަނީ 71 ދަރިވަރުންނެވެ. ކޯހުގައި ކިޔަވައިދެއްވީ ގުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރެއް ކަމަށް ދުވާފަރު ކައުންސިލުން މައުލޫމާތުދެއްވި އެވެ.

މި ކޯހުގެ އިމްތިހާން ބާއްވާފައިވަނީ 18 އޮކްޓޯބަރ 2014 ގައި ކަމަށް ވެސް ދުވާފަރު ކައުންސިލުން މައުލޫމާތު ދެއެވެ.