22 Oct 2014, 13:13
އަންނަ ޑިސެމްބަރު މަހު ހައްޖުކޯޕަރޭޝަނުން ކުރަން ހަމަޖައްސާފައިވާ ކުރު އުމުރާ ދަތުރުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމަށް އެ ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
ހައްޖުކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުރު އުމުރާ އަށް ދާން ނަން ނޯޓްކުރުން އޮންނާނީ މާދަމަ އިން ފެށިގެން ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ހައްޖުކޯޕަރޭޝަނުގެ ހޮޓްލައިން 3011000 އަށް ގުޅައިގެންނާއި އެކޯޕަރޭޝަނުގެ އޮފީހަށް ގޮސްގެން ވެސް ނަން ނޯޓް ކުރެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.