ރޭގެ ޕްރިމިއާ ލީގުގެ މެޗުގައި ޑޭލީ ބްލައިންޑް މެންޗެސްޓާ ޔުނައިޓެޑާއި ގުޅުންފަހުން ޖެހި ފުރަތަމަ ގޯލާއެކު 2-2 ވެސްޓް ބްރޮމޮވިޗް އެލްބިއަން އާއި އެއްވަރު ވެއްޖެއެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ވެސްޓް ބްރޮމްގެ މިޑްފީލްޑަރު ސްޓެފާނީ ސެސެގްނޮން މެޗުގެ ފުރަތަމަ ހަވަނަ މިނެޓުގެ ތެރޭގަ އެވެ. އެއަށް ފަހު މެންޔު އިން ކުޅުން ރަނގަޅު ކޮށްފައިވާ އިރު ޓީމުން ގޯލެއް ޖެހުމަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ނަމަވެސް ދެވަނަ ހާފު ފެށިގެން ފުރަތަމަ ތިން ވަނަ މިނެޓުގައި މެންޔުގެ މިޑްފީލްޑަރު މަރޫއެން ފެލެއިނީ ޖެހި ގޯލާ އެކު ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެންޔުގެ ސަޕޯޓަރުންގެ އަޑުތައް ގަދަވި ނަމަވެސް އެ އަޑުތައް ކެނޑިފައި ވަނީ އޭގެ 18 މިނެޓު ފަހުން ވެސްޓް ބްރޮމް އިން ލީޑު ނެގުމުންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި ގޯލު ޖަހާފައި ވަނީ ޓީމުގެ ފޯވާޑު ސެއިޑޯ ބެރީނޯ އެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މެންޔު އަށް އަލަށް ސޮއި ކުރި ބްލައިންޑް ޖެހި ގޯލާ އެކު ވަނީ ވެސްޓް ބްރޮމްއާ އެއްވަރު ކޮށްފަ އެވެ.

ރޭގައި ކުޅުނު މެޗުން އެއްވަރުވެ ލިބުނު ޕޮއިންޓާ އެކު 12 ޕޮއިންޓް ލިބިގެން މެންޔު އޮތީ ތާވަލުގެ ހަވަނައިގަ އެވެ. ތާވަލުގެ އެއްވަނާގައި 22 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ.

މެންޔު އިން ދެން ކުޅޭ މެޗުގައި ޗެލްސީއާއި ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ނުކުންނަ އިރު ވެސްޓް ބްރޮމް އިން ދެން ކުޅޭ މެޗުގައި ނުކުންނާނީ ކްރިސްޓަލް ޕެލަސް އެފްސީއާ ދެކޮޅަށް ހޮނިހިރު ދުވަހު އެވެ.