ގަލޮޅު ދަނޑު ކައިރީގައި ހުންނަ ފިހާރައަކުން ވައްކަން ކުރި މީހެއްގެ ބޯބާލައި ބަރަހާނާކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރޭ ގާތްގަނޑަކަށް 8:00 ޖަހާއެހާކަންހާއިރު ގަލޮޅު ފިހާރައަކަށް ވަދެ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން 53 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެ ސަރަހައްދަށް ގޮސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ވައްކަން ކޮށްފައި ވަނީ މަޖީދީމަގުގައި ހުންނަ ރެޑްވޭވް ފިހާރައިންނެވެ. އެކަން އެ ފިހާރަ އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އެމީހާ އެ ފިހާރަ އިން ވަގަަށް ނަގާފައި ވަނީ ބެޓީނާ ބާޓީ ބްރޭންޑްގެ ދެ ލޯޝަން ފުޅި ކަމަށް ވެސް އެ ފިހާރައިން ބުންްޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެމީހާ ވައްކަން ކުރިިކަން އެނގުމުން އެ ފިހާރައިގެ މީހުން ވަނީ އޭނާ ވަގަށް ނެގި ތަކެތި އަތުލުމަށް ފަހު މަގުމަތީގައި ތިބި ބަޔަކާ އެމީހާ ހަވާލުކޮށްފަ އެވެ. އަދި އެ ފިހާރައިން އޭނާ އަށް އެއްވެސް ގޯނާއެއް ނުކުރާ ކަމަށް ވެސް އެ ފިހާރައިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނަމަވެސް ފުލުހުން އެ ސަރަހައްދަށް ދިޔައިރު ބަޔަކު ވަނީ އެމީހާގެ ބޯ އެކި ގޮތްގޮތަށް ކޮށުމަށް ފަހު، ބަރަހާނާކޮށްފަ އެވެ. އަދި އޭމީހާގެ ގައިގައި ވަގު ޖަހާފައި ހުރި ކަރުދާސްގަނޑެއް ތަތްކުރުމަށް ފަހު މަގުމަތީގައި ހިންގުވާފައި ވެސް ވެ އެވެ. '

ނަމަވެސް އެކަން ކުރީ ކޮން ބައެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.