މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ފޯނު ފޭރުނު މީހަކު ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މ. އަރާރަތްކުރި ޚާލިދު މަހުމޫދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 12:20 އެހައިކަންހާއިރު އަންހެނަކު އިތުރު ދެމީހަކާ އެކު މަގުމަތިން ހިނގާފައިދަނިކޮށް އޭނާގެ ފޯނު ފޭރުނު މައްސަލައާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އެ އަންހެންމީހާ ބްލޫނިޔާ މަގުން ޝަހީދު އަލީ ހިނގުމަށް ނުކުތްތަނާ ޚާލިދު އެ އަންހެން މީހާގެ ފަހަތުން ގޮސް ނިހާގެ އަތުގައި އޮތް މޯލަބައިލް ފޯނު ފޭރިގެންފައިވާ ކަމަށް ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށެވެ.

މިއީ ފޭރުމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރު ކަމަށް ވެސް އެހުކުމްގައި ވެއެވެ.