20 Oct 2014, 13:58
ކޮލަމްބޯއިން: މުޙައްމަދު ސިމާއު
ދުނިޔޭގައި ކާނާ އާއި ބުއިމުގެ ބާވަތްތައް އުފެއްދުމުގައި މަޝްހޫރު ސްވިޒަލޭންޑުގެ ކުންފުނި، "ނެސްލޭ"ގެ ލަންކާ ކުންފުންޏަށް ދިވެހި ނޫސްވެރިން ޒިޔާރަތްކޮށްފި އެވެ.
ތިން ދުވަހަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަށް އިއްޔެ ކުރި ދަތުރުގައި ރާއްޖޭގެ 17 މީޑިއާއަކުން 17 ނޫސްވެރިން ބައިވެރިވެފައިވާ އިރު އެ ހުރިހާ ނޫސްވެރިން ވެސް ވަނީ ނެސްލޭ ކުންފުންޏަށް މިއަދު ޒިޔާރަތްކޮށްފަ އެވެ.
ނެސްލޭ އިން އުފައްދާ ދިވެހިންގެ މެދުގައި މަގުބޫލު ބުއިމެއްކަމަށްވާ މައިލޯ އުފައްދާ ގޮތާއި މެގީ ނޫޑްލްސް ހަދާގޮތް އެކުންފުނިން ވަނީ ދިވެހި ނޫސްވެރިންނަށް ދައްކާލައިފައެވެ.

ލަންކާގައި ހުންނަ ނެސްލޭގެ ކުންފުނި ބަލާލަންދިޔަ ނޫސްވެރިން --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
ނެސްލޭގެ ފަރާތުން ރާއްޖޭގެ ސޭލްސް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ދިޝާން ވިޔަވަރުދީނާ ވިދާޅުވީ މައިލޯ އިން ސްޕޮންސާކޮށްގެން ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.
ނެސްލޭގެ މައިލޯ ބްރޭންޑް އިން ރާއްޖޭގެ ގިނަ ކުޅިވަރުތަކެއް ވެސް ސްޕޮންސާކޮށްފައިވާ އިރު އެ ކުންފުނިން ވަނީ ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ކުޅިވަރުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން އެވޯޑެއް ވެސް ދޭން ފަށާފަ އެވެ.
ނެސްލޭގެ ބްރޭންޑްތައް ރާއްޖޭގައި ވިއްކަން ފަށާފައި ވަނީ 1970 ވަނަ އަހަރުން ފެށިގެންނެވެ.