ޅ. ނައިފަރު ގެއެއްގެ ތެރޭ ކުޑަކުއްޖަކާ ގަދަކަމުން ޖިންސީ އަމަލު ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި އުމުރުން 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އިއްޔެރޭ ހިނގި އެ ހާދިސާއާ ގުޅިގެން 19 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ނައިފަރު ގެއެއްގެ ތެރޭގައި ކުޑަކުއްޖަކާ ގަދަކަމުން ޖިންސީ އަމަލު ހިންގާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެގޭގެ ވެރިފަރާތުގެ ހުއްދަ އާ އެކު ފުލުހުން އެގެއަށް ވަދެ ކަމަށެވެ.