ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނިކޮށް ގެއްލިގެން ހޯދަމުން ދިޔަ "އަސްރު ކުރި" ދޯނި ފެނިއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހަބަރެއް ނުވެގެން ހޯދަމުން ދިޔަ އަސްރު ކުރި ދޯނިފެނިފައިވާ ކަމަށާއި އެ ދޯނި މިހާރު ދަނީ އަލިފު އަތޮޅާ ދިމާލުން ތޮއްޑޫ އަށް ދަތުރުކުރަމުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެ އެވެ.

ދިގުމިނުގައި 82 ފޫޓު ހުރި ގެގަނޑުގައި ނޫކުލަ އާއި ފެހިކުލައިގެ ދަވާދު ލާފައިވާ، އަދި ނޫކުލައިން ފަށް ދަމާފައިވާ އެ ދޯނީގެ ހަބަރެއް ނުވެގެން ހޯދަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަހުން ދޯނީގެ ހަބަރެއް ނުވުމާއި ގުޅިގެންނެވެ.