20 Oct 2014, 12:46
މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ 22 ވަނަ އެމްބީއޭ ޗެމްޕިއަންޝިފްގައި އެންމެ ފުރަތަމަ ކުޅުނު މެޗުން ސައިކްލޯން ކައިރިން 20 ޕޮއިންޓުގެ ތަފާތުން ސްޓިންގާސް ބީސީ އިއްޔެ ހަވީރު މޮޅުވެއްޖެ އެވެ.
މެޗު ނިމުނު އިރު ސައިކްލޯން އަށް 55 ޕޮއިންޓް ހެދިފައިވާ އިރު ސްޓިންގާސް އިން 75 ޕޮއިންޓް ހަދާފައިވެ އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސްޓިންގާސް އަށް 31 ޕޮއިންޓް ހޯދައިދީފައިވާ އިސްމާއިލް ޒައިދެވެ.
އެ މުބާރާތުގައި 11 ޓީމަކުން ބައިވެރި ވެފައިވެ އެވެ. އެއީ ރެޑްލައިން ކްލަބާއި ޓީ-ރެކްސް ބީސީ އާއި ދިވެހި ސިފައިންގެ ކްލަބާއި ހަރިކޭން ބީސީ އާއި ޔޫއެންއެފް އެވެ. މީގެ އިތުރުން ދަ ބައުސް އާއި ސައިކްލޯން ބީސީއާއި ސްޓިންގާސް ބީސީ އާއި ކްލަބް ޕީކޭ އާއި ވީ ޔުނައިޓެޑް އަދި އާރުއެލް ސިޓީ ވެސް މުބާރާތުގައި ބައިވެރިވެފައިވެ އެވެ.