19 Oct 2014, 23:26
ބ. ކެންދޫ ގެއަކުން ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭދަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހަވީރު 16:04 ހާއިރު ހައްޔަރުކޮށްފައި ވަނީ 46 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކޭންދޫގައި އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.
ބަނގުރާ ފުޅިތައް ފެނިފައިވަނީ އެމީހާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރިކުރުމުން އެ ގޭތެރޭގައި ހުރި ފުޅިމަދު ފޮށިގަނޑެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.