އެމްއެންޑީއެފް ސެނަހިޔާ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފުޅާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ލޮލުގެ ފަރުވާދިނުމަށް ލޮލުގެ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

ލޮލުގެ ކްލިނިކު ހުޅުވުމަށްޓަކައި މިއަދު ސެނަހިޔާ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކްލިނިކް ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

އެމްއެންޑީއެފުން ބުނީ، ސެނަހިޔާ ހޮސްޕިޓަލްގައި ހުޅުވި އެ ކްލިނިކުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކުޓަރުން ތިއްބަވާނެ ކަމަށެވެ. އަދި އެ ކްލިނިކުން ލޮލުގެ ބަލިތަކަށް ފަރުވާކުރުމާއި، ލޮލުގެ ނަންބަރު ނަގައި ދިނުމުގެ ޚިދުމަތް ވެސް ލިބޭނެ ކަމަށާއި ސެނެހިޔާގައި ހުންނަ އައިކެއާ ފިހާރައިން އައިނުު ހެއްދުމުގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށް އެމެއެންޑީއެފުން ބުންޏެވެ.