ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އެފްއޭއެމްގެ ނައިބު ރައީސް އަބްދުލްމުހްސިން ހަމީދު (ޖޭފޯ) ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ ޔޫތު މިނިސްްޓްރީގެ ޑެޕިޑުޓީ މިނިސްޓަރަކު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އޭނާ ހަމަޖައްސަވާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

މުހުސިނަކީ މިދިޔަ ރަައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ގެންދަވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުންނެވެ.

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވައިގެން އޭނާ ވަނީ އެންމެ ވޯޓެއްގެ ތަފާތުން ގޮނޑި ގެއްލިފަ އެވެ.