މަގުމަތިން ހިނގާފައިދިޔަ އަންހެނެއްގެ މޭމަތީގައި ހިފިކަމުގެ ތުހުމަތުގައި ބަންގުލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ބްލޫނިޔާމަގު އެލްސިއޯން ބޭކަރީ ކައިރިން ހިނގާފައި ދިޔަ މެދު އުމުރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 08:40 އެހާކަންހާއިރު ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އަންހެން މީހާގެ އުރަމަތީ ހިފުމާ ގުޅިގެން ބަންގުލަދޭޝް މީހާ ހައްޔަރުކޮށްފައި ވަނީ އެކަން ހިނގި ވަގުތު އެވެ.

މިދިޔަ އޯގަސްޓަ މަހުގެ ތެރޭގައި ވެސް ވަނީ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބަންގުލަދޭޝް މީހަކު ހައްޔަރު ކޮށްފަ އެވެ.