އެމެރިކާގެ ރައީސް ބަރަކް ހުސައިން އޮބާމާގެ ކްރެޑިޓް ކާޑަށް ވެސް މައްސަލަ ޖެހި އެ ކާޑް ޑިކްލައިން ވެއްޖެ އެވެ.

އެމެރިކާގެ ރައްޔިތުންނަށް ދޫކޮށްފައިވާ ކާޑުތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް އަމުރުކުރާ ރިޔާސީ ގަރާރެއްގައި ސޮއި ކުރެއްވުމުގެ ކުރިން ވާހަކަ ފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ ރެސްޓޯރެންޓަކުން ފަރިއްކުޅުއްވުމަށް ފަހު ބިލަށް ފައިސާ ދައްކަވަން އުޅުއްވުމުން ކާޑް ޑިކްލައިންވި ކަމަށެވެ.

"... އަހަރެންގެ ކާޑު ރިޖެކްޓްވި، އަހަރެންނަށް ހީވަނީ އަހަރެންނަށް ފުދޭވަރަކަށް ކާޑް ބޭނުން ނުކުރެވެނީ ހެން. އެހެންވެ، އެމީހުންނަށް (ބޭންކުން) ހީކުރީ ކަންނޭނގެ ފްރައުޑެއް ހިނގަނީހެން،" އޮބާމާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ރެސްޓޯރެންޓްގެ ބިލަށް އޮބާމާގެ ކާޑުން ފައިސާ ދެއްކޭ ގޮތް ނުވުމުން އެ ބިލަށް ފައިސާ ދެއްކެވީ އަނބި ކަނބަލުން މިސޭލްގެ ކާޑުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކޮންސިއިއުމަ ޑޭޓާ ރައްކާތެރި ކުރުމަށް ސަރުކާރުގެ އެޖެންސީތަކުން ބޭނުންކުރާ ޓެކްނޮލޮޖީ އަޕްގްރޭޑް ކުރުމަށް ރައީސް އޮބާމާ އިއްޔެ ސޮއިކުރެއްވި ގަރާރުގައި އަމުރުކުރައްވާފައިވެ އެވެ.