ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ހިންމަފުށީ ރަށު ކޮމިއުނިޓީ އާއި އެ ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތައް ގުޅިގެން މިއަދު ފުޑް ފެސްޓިވަލެއް ބާއްވައިފި އެވެ.

ފްޑް ފެސްޓިވަލުގައި ތަކެތި އަތުރަނީ --

ކައުންސިލްގެ ރައީސް ޝާން އިބްރާހީމް މިރޭ ސަން އަށް ވިދާޅުވީ އެ ރަށު ހުޅަނގުފަރާތު އަތިރިމަތީގައި މިއަދު ހަވީރު ބޭއްވި އެ ފުޑް ފެސްޓިވަލަކީ އެ ރަށުގައި ހިންގާ ރީހެބިލިޓޭޝަން ސެންޓަރުގެ ވަރަށް ބޮޑު އިސްނެގުމަކާ އެކު ބޭއްވި ފްޑް ފެސްޓިވަލެއް ކަމަށާއި ފެސްޓިވަލުން ރަނގަޅު އަދި ހަށިގަނޑަށް ފައިދާ ކުރުވަނިވި ކާނާއާ ބެހޭ މައުލޫމާތު އާންމުންނަށް ހިއްސާ ކުރި ކަމަށެވެ. އޭގެ ތެރޭގައި ތައްޔާރީ ކާނާ އާއި ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ މައުލޫމާތު ހިއްސާ ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފްޑް ފެސްޓިވަލުގައި ތަކެތި އަތުރާފައި

އެ ފެސްުޓިވަލުން ވިއްކާ ތަކެތީގެ ފައިސާ ލިބޭނީ ސްޓޯލްތައް ހެދި ފަރާތްތަކަށް ކަމަށް ހިންމަފުށީ ކައުންސިލުން ބުންޏެވެ.