މާފަންނު މަގަކުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 5:30 އެހައިކަންހާއިރު ކާމިނީމަގު ކަބީލާގޭގެ ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާވެފައިވާތީ އައިޖީއެމްއެޗަށް އޭނާ ގެންގޮސްފައިވާ ކަމަށެވެ.

މަންޒަރު ދުށްމީހުން ބުނީ އެ ސައިކަލުންޖެހި އަންހެނަކު ވެސް ވެއްޓުނު ކަމަށާއި އެމީހާ ހޯދުމަށް ފުލުހުން އުޅުނު ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އެ މީހާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.