17 Oct 2014, 16:04
ވޮޝިންގްޓަން( އޮކްޓޫބަރު 17) އެމެރިކާގެ ނާއިބު ރައީސް ޖޯ ބައިޑަންގެ ދަރިކަލުން ހަންޓާ، ނޭވީ އިން ވަކިކޮށްފި އެވެ.
ސީއެންއެން އިން މިއަދު ބުނީ ގާނޫނީ ވަކީލު އަދި މެނޭޖިން ޕާޓްނާ އޮފް އިންވެސްޓްމެންޓް ފާމް، ބައިޑެން،44، ވަޒީފާ އިން ވަކިކުރިކަން އަންގާރަ ދުވަހު ވޯލްޑް ސްޓްރީޓް ޖާނަލް އިން ރިޕޯޓް ކުރި ކަމަށާއި އަދި ފަހުން ސްޓޭޓްމަންޓަކުން އެކަން ސީއެންއެން އަށް ޔަގީންކޮށްދިން ކަމަށެވެ.
"އެމެރިކާގެ ނޭވީ އަށް ހިދުމަތް ކުރުމަށް ލިބުމަކީ އަހަރެން ފަހުރުވެރިވާ ކަމެއް. އަދި އަހަރެން ލަދުގަނެ ހިތާމަ ކުރަން އަހަރެންގެ އަމަލާ ދޭތެރޭ. ނޭވީގެ ނިންމުމާ ދޭތެރޭ އަހަރެން ހިތްހަމަޖެހޭ. އަހަރެންގެ އާއިލާގެ ލޯތްބާއި އަޅާލުމާ އެކު އަހަރެން ދާނީ ކުރިއަށް،" އޭނާ ބުންޏެވެ.
ހަންޓާ 2013 ވަނަ އަހަރު މޭ މަހު، ނޯފޯލްކް ވާޖިނިއާ ޔުނިޓްގެ ޕަބްލިކް އެފެއާސް އޮފިސަރަކަށް ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް އޭގެ އެއް މަސް ފަހުން އޭނާ ވަނީ ކޮކައިންނަށް ޕޮޒިޓިވްވެފަ އެވެ.
ނޭވީ އިން ބުނީ އެ މައްސަލާގައި ނައިބު ރައީސްގެ އޮފީހާ މަޝްވަރާ ނުކުރާ ކަމަށާއި ޑްރަގް ޓެސްޓުން ފެއިލް ވެއްޖެ ނަމަ އޮންނަ އުސޫލުގެ މަތީން އަމަލުކޮށްފައިވާ ކަމަށެވެ. ނާއިބު ރައީސްގެ އޮފީހުން ވެސް އެ ރިޕޯޓަށް ކޮމެންޓެއް ނުދެ އެވެ. ހަންޓާ ބައިޑަން އަކީ ނާއިބު ރައީސްގެ ދެ ދަރިކަލުންގެ ތެރެއިން ހަގު ދަރިކަލުންނެވެ.