16 Oct 2014, 20:23
ދިރާގު ވެބްސައިޓް މެދުވެރިކޮށް މެދުވެރިކޮށް، އެ ކުންފުނީގެ ހިދުމަތްތަކުގެ ބިލްތައް ދައްކައިގެން 100 މީހުންނަށް 1000 ރުފިޔާގެ އިނާމެއް ލިބޭ ޕުރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އޮންލައިން މާކެޓިން އެގްޒެކްޓިވް އިބްރާހިމް ސޮބާހް ވިދާޅުވީ އެޕުރޮމޯޝަންގައި ދިރާގުގެ ވެބް ސައިޓް މެދުވެރިކޮށް ބިލް ދެއްކުމުން ބައިވެރިވެވޭނެ ކަމަށެވެ.
"ވަކި މިންވަރެއްގެ ބިލަކަށް ވާކަށް ނުޖެހޭ ކުޑަ އަދަދަކުން ވިޔަސް ބޮޑު އަދަދަކުންވިޔަސް ބިލް ދައްކާ ހިސާބުން ޕުރޮމޯޝަން ގައި ބައިވެރިވެވޭނެ" ސޮބާހް ވިދާޅުވި އެވެ.
ދިރާގުގެ މެނޭޖާ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު މިރުޝާން ވިދާޅުވީ އެޕުރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ. އަދި އެޕުރޮމޯޝަންގެ ފުރަތަމަ ގުރުއަތުލުން އަންނަ މަހު 18 ގައި ގުރުއަތުން ނަގާނެ ކަމަށާއި އެގުރުއަތުން 50 ފަރާތަކަށް 1000 ރުފިޔާ ލިބިގެންދާނެ ކަމަށެވެ.
މިރުޝާން ވިދާޅުވީ އެޕުރޮމޯޝަންގެ ދަށުން ކޮންމެ ފަރާތަކަށް ލިބޭ 1000 ރުފިޔާއެއް ލިބިގެންދާނީ އެބޭފުޅެއްގެ ބިލުން ކެނޑޭ ގޮތަށް ކަމަށެވެ.