16 Oct 2014, 17:10
ރޯދަމަހާ ދިމާކޮށް "ޝޮޕް މޯ" ގެ ނަމުގައި އިސްލާމިކް ބޭންކުން ކުރިއަށްގެންދިޔަ ފައިސާ ކާޑު ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.
އިސްލާމިކް ބޭންކުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮމޯޝަންގެ ތިން ނަސީބުވެރިންނަށް އިނާމުތައް ހަވާލުކޮށްދެއްވީ އެ ބޭންކުގެ ހެޑްއޮފް ބޭންކިން އޮޕަރޭޝަންސް ޒުލްކިފީ ބިން މުހައްމަދު ފަދްޒިލް އެވެ.
ޝޮޕް މޯ ޕްރޮމޯޝަން އަކީ އިސްލާމިކް ބޭންކުގެ ފައިސާ ކާޑު ބޭނުންކޮށްގެން އެންމެ ގިނައިން ވިޔަފާރި ކުރާ ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއް ލިބޭގޮތައް ކުރިއަށް ގެންދިޔަ ޕްރޮމޯޝަން އެކެވެ. އެގޮތުން އެންމެ ގިނައިން ވިޔަފާރި ޓްރާންސެކްޝަން ހަދާ ތިން ފަރާތަކަށް އިނާމު ލިބެއެވެ.
ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް އިސްލާމިކް ބޭންކުން ހުށައަޅާފައިވާ "އައިފޯން ފައިވް އެސް" ގެ އިނާމު ހާސިލްކޮށްފައި ވަނީ ޅ. ހިންނަވަރު އަލިވިލާގެ، މުހައްމަދު ރަމީޒު އެވެ. ދެވަނަ އިނާމު ކަމަށްވާ "ސެމްސަންގް ގެލެކްސީ އެސްފައިވް" ފޯނު ޅ. ހިންނަވަރު، އެވާބްލޫ، އަހްމަދު ސޯލިހު އަށް ލިބިފައިވާ އިރު ތިންވަނަ އިނާމުކަށްވާ "އައިޕެޑް އެއާ" ލިބިފައި ވަނީ މ. ހިންޓޮން، އަހުމަދު ނާޝިދު އަށެވެ.
އިސްލާމިކް ބޭންކުން ބުނީ އެ ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް އަގުބޮޑު އިނާމުތަކެއް ހޯދުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމުން އެ ޕްރޮމޯޝަން އަށް ކަސްޓަމަރުންގެ ވަރަށް ފުރިހަމަ ތަރުހީބެއް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް އެފަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދަވާނެ ކަމަށެވެ.
އެ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.