ތުރުކީ ވިލާތުގެ ދެކުނު އިރުމަތީގައި އޮންނަ ސިޓީއެއް ކަަމަށްވާ ދިޔަރްބާކިރްގައި ދިރިއުޅޭ ފިރިހެނުންގެ ތުނބުޅި ހުރުމުން އެމީހުންނަކީ ޖިހާދީން ކަމަށް ބުނެފާނެތީ ތުނބުޅިބާލަން ފަށައިފި އެވެ.

އައިއެސް އިން ސީރިއާގައި ހިންގަމުން އަންނަ ޖަރީމާތައް ހުއްޓުވުމަށް ތުރުކީގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ އެކަމާ ރުޅިވެރިކަން ފާޅުކޮށް ދިޔަރްބާކިރްގައި ދިރިއުޅޭ ކުރްދިޝް ޖަމާއަތުން ވަނީީ މަގުމައްޗަށް ނިކުމެ މުޒަހާރާކޮށްފައި ކަމަށް ބީބީސީ އިން ބުންނެވެ. އަދި އެ ހަމަނުޖެހުންތައް ހައްދުފަހަނައަޅައިގޮސް، މިހާރު ފިރިހެނުންގެ ތުނބުޅި ހުރުމުން އެއީ ޖިހާދީންނޭ ވެސް ބުނާ ކަމަށް އެނޫހުގައިވެ އެވެ.

"އިސްލާމިކް ސްޓޭޓް ނުވަތަ ހިޒްބުއްލާ އެއްވެސް ގުޅުމެއް ނެތް މީހުން ވެސް އެޖަމާއަތުން ކުރި މުޒާހަރާތަކުގައި ވަނީ ޓާގެޓްކޮށްފައި. އެއީ އެމީހުންގެ ތުނބުޅި ހުރުމުން." ދިޔައްބާކިރްގައި ދިރިއުޅޭ ސެލޫނެއްގައި މަސައްކަތް ކުރާ މީހަކު ބީބީސީއަށް ބުންޏެވެ.

ތުރުކީވިލާތުގެ ނޫހެއްކަމަށްވާ މިލިޔެޓްއާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ ދިޔަރްބާކިރްގައި ކުރްދިޝް ޖަމާއަތުން ކުރި މުޒާހަރާތަކުގައި މީހުން ޓާގެޓްކޮށްފައި ވަނީ ހަމައެކަނި އެމީހުންގެ ތުނބުޅިހުރުމުން ކަމަށެވެ. އަދި އޭގެ ސަބަބުން ސަތޭކަ އަށް ވުރެ ގިނަ ފިރިހެނުން ވަނީ ތުނބުޅި ބާލަން ބޯކޮށާ މީހުން ގާތަށް ގޮސްފައިކަަމަށް ވެސް މިލިޔެޓްގައި ބުނެފައިވާކަމަށްވެ އެވެ.

"އަަހަރެން މިމަސައްކަތުގައި އުޅޭތާ މިހާރު 15 އަހަރު ވަނީ އެކަމަކު ދުވަހަކު ވެސް އެއް ދުވަހެއްގެ ތެރޭ އެހާ ބައިވަރު މީހުންގެ ތުނބުޅިއެއް ނުބާލަން،" ދިޔަރްބާކިރްގައި ސެލޫނެއްގައި މަސައްކަތް ކުރާ މީހަކު ބީބީސީ އަށް ބުނެފައިވެ އެވެ.

ތުރުކީވިލާތުގެ ކުރްދިޝް ޖަމާއަތުން ބޭނުން ވަނީ އަންކާރާއިން ހުއްދަލިބިގެން ކުރްދިޝް މީހުން އައިސްއާއި ހަނގުރާމަކޮށް އައިއެސް ހުއްޓުވަން ސީރިއާ އަށް ދިޔުމަށެވެ. ކުރްދިޝް މީހުން ވަނީ ފާޅުގައި އިސްލާމިސްޓުންނާއި ދެކޮޅަށް ނުރުހުން ފާޅުކޮށްފައިކަމަށް ވެސް ބީބީސީގައި ބުނެފައިވެ އެވެ.